Election Commission of Maldives

ސީ.ސީ.ޓީ.ވީ މޮނިޓަރިންގ ސިސްޓަމްއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

24 މެއި 2018, 12:00 އިއުލާން

  ނަންބަރ: (A)DC-2018/76

އިޢުލާނު

ސީ.ސީ.ޓީ.ވީ މޮނިޓަރިންގ ސިސްޓަމްއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ​ ފަރާތެއް ހޯދުން

  1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސީ.ސީ.ޓީ.ވީ މޮނިޓަރިންގ ސިސްޓަމްއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2018/W-004

ސީ.ސީ.ޓީ.ވީ މޮނިޓަރިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކުރުން

 
  1. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 ޖޫން 03 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ  [email protected]އަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

09 ރަމަޟާން 1439

24 މެއި 2018

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް