Election Commission of Maldives

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޭނުމަށް ރަށު/އަތޮޅު/ ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާ ބެހޭ

27 މެއި 2018, 12:00 އިއުލާން

ނަންބަރު: (A)AB-2018/83

އިޢުލާނު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޭނުމަށް ރަށު/އަތޮޅު/ ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާ ބެހޭ

މިކޮމިޝަނުގެ ނަންބަރު (A)AB/2018/65  އިޢުލާނުއިން ތިރީގައި ދެންނެވިފައިވާ ކައުންސިލްތަކުން ފޯކަލް ޕޮއިންޓަކަށް ވުމަށް އެދި ފޯމު ލިބިފައިނުވާތީ، އަލުން މި މަޤާމުތަކަށް އިޢުލާނުކުރަމެވެ.

ރަށު / އަތޮޅު ކައުންސިލް

  • ހދ.ކުޅުދުއްފުށި ފޯކަލް ޕޮއިންޓް
  • ހދ.ނޭކުރެންދޫ ފޯކަލް ޕޮއިންޓް
  • ހދ.ވައިކަރަދޫ ފޯކަލް ޕޮއިންޓް
  • ނ.މާފަރު ފޯކަލް ޕޮއިންޓް
  • ނ.ފޮއްދޫ ފޯކަލް ޕޮއިންޓް
  • ރ.އަލިފުށި ފޯކަލް ޕޮއިންޓް
  • ރ.ދުވާފަރު ފޯކަލް ޕޮއިންޓް
  • ބ.ހިތާދޫ ފޯކަލް ޕޮއިންޓް
  • ބ.މާޅޮސް ފޯކަލް ޕޮއިންޓް
  • ވ.އަތޮޅު ފޯކަލް ޕޮއިންޓް
  • ވ.ތިނަދޫ ފޯކަލް ޕޮއިންޓް
  • ވ.ރަކީދޫ ފޯކަލް ޕޮއިންޓް
  • ވ.ފެލިދޫ ފޯކަލް ޕޮއިންޓް
  • މ.ރަތްމަންދޫ ފޯކަލް ޕޮއިންޓް
  • ތ.ވިލުފުށި ފޯކަލް ޕޮއިންޓް
  • ލ.މުންޑޫ ފޯކަލް ޕޮއިންޓް

އުޖޫރަ:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ).

އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު -/150( ސަތޭކަ ފަންސާސް) ރުފިޔާ ދެވޭނެ.

ޝަރުޠު:

  1. ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.
  2. އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވުން.
  3. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
  4. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  5. އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރުކަމުގައި ނުވުން. (ޢާއިލީ މީހެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް)
  6. އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން.
  7. ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން.
  • އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނާއި ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބެލެހެއްޓުން.
  • ރިޔާސީ އިންތިޚާބު 2018 ގައި އަތޮޅު، ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިލެކްޝަންސް ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.

ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މެއި 2018 ވާ ހޯމަ ދުވަހުގެ  14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ފޯކަލް ޕޮއިންޓުންނަށްވުމަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

12 ރަމަޟާން 1439

27  މެއި 2018