Election Commission of Maldives

ރަށްވެހިކަން ބަދަލު ކުރުމާ ގުޅޭ

10 ޖެނުއަރީ 2019, 06:26 އިއުލާން

އިޢުލާން

 ރަށްވެހިކަން ބަދަލު ކުރުމާ ގުޅޭ

2019 އޭޕްރިލް 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލައި، އެ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް މިކޮމިޝަނުން ކުރަމުންދާތީ، ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން، 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

      04 ޖުމާދުލްއޫލާ 1440

      10 ޖަނަވަރީ 2019