Election Commission of Maldives

ވަޒީފާގެ ފުރުޞަތު:- ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން: އޮފިސަރ – ޖީ.އެސް 3 (ވަގުތީ)

21 ޖެނުއަރީ 2019, 12:00 އިއުލާން

ނަންބަރު: (A)AB-2019/22

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ – ޖީ.އެސް 3 (ވަގުތީ)   

ބޭނުންވާ ޢަދަދު:

20 (ވިހި)

ސެކްޝަން:

ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155/- (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްޞަ (އިންތިޚާބުގެ މަސައްކަތް ނިމެންދެން)

– ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މުއްދަތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ ގުރޭޑް 10 ނިންމާފައިވުމާއެކު މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  3. އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އެކުލަވާލެވޭ ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ގެނެވޭ ބަދަލުތައް ރީޗެކްކުރުމުގެ މަސައްކަތާއި ޝަކުވާ  ބަލައިގަތުމުގެ މަސައްކަތް ކުރުން.
  • ފައިނަލް ވޯޓާރސް ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ސެކްޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އާއި ގުޅިގެން ކުރެވޭ އިދާރީ މަސައްކަތް ކުރުން.
  • ރީ ރެޖިސްޓްރޭޝަން ގެ މަސެއްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

ނޯޓު

  • ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ  15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
  • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
  • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40 މާކްސް

މަސައްކަތު ތަޖުރިބާ

10 މާކްސް

އިންޓަރވިޔު

35 މާކްސް

ޢަމަލީ ޓެސްޓު

15 މާކްސް

ޖުމްލަ

100 މާކްސް

ޝޯޓްލިސްޓު ކުރެވޭގޮތް
  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

15 ޖުމާދުލްޢޫލާ 1440

21 ޖެނުއަރީ 2019