Election Commission of Maldives

އޯޑިއޯ އާ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

28 ޖެނުއަރީ 2019, 12:00 އިއުލާން

ނަންބަރ: (A)DC-2019/029

އިޢުލާނު 

އޯޑިއޯ އާ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

  1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ބޭނުންވާ އޯޑިއޯ އާ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (A)DC-2019/013 އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ މިޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/W-005

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ އޯޑިއޯ އާ ވީޑިއޯ އަދި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ވީޑިއޯ ތައްޔާރުކުރުން

4,000/- ރުފިޔާ

 
  1. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2019 ފެބްރުއަރީ 05 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2019 ފެބްރުއަރީ 06 ވާ ބުދަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

22 ޖުމާދަލްޢޫލާ 1440

28 ޖަނަވަރީ 2019

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް