Election Commission of Maldives

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

05 ފެބުރުއަރީ 2019, 12:00 އިއުލާން

ނަންބަރު:  (A)CB-2019/34

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

06 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް )ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 05/02/2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 23/02/2019 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މޮނިޓަރުކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  • އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  • ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  • (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،
  • (ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން، ނުވަތަ
  • (ނ) ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކުރުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ރިސެޕްޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ހުށަހަޅަން ވާނެއެވެ.

މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމުތަކާއެކު، ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީއާއެކު މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ފޮނުވަން ވާނެއެވެ.

ފުރިހަމަ ނަން ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން، އައި.ޑީ ކާޑް ނަންބަރ، އެޑްރެސް، ޖިންސް، އެދިލައްވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރ އިނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސޮފްޓް ކޮޕީ ތައްޔާރުކުރައްވާ ވެބްސައިޓްގައި ހިއްސާކުރެވިފައިވާ ފޯމެޓްގައި ފޮނުވަންވާނެއެވެ. (ލިސްޓުގެ ސޮފްޓް އެކްސެލް ފޯމެޓުގައި ސީޑީ އެއްގައި) އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ޕާސްޕޯޓުގައި ޖަހާ ފޮޓޯގެ މިންގަނޑުތަކާ އެއްގޮތްވާ ފޮޓޯއެއް) އާއި، ފޮޓޯގެ ސޮފްޓް ކޮޕީ (ފޮޓޯގެ ސޮފްޓް ކޮޕީ ޖޭޕީޖީ ފޯމެޓުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ރީނޭމް ކުރުމަށްފަހު ސީޑީއެއްގައި) ފޮނުވަންވާނެއެވެ. އަދި އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް  www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.  

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ

މޮނިޓަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 05/02/2019 ވާ އަންގާރަ ދުވަހުން ފެށިގެން23/02/2019  ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު  4:00 އަށް އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން 4:00 އަށެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާޠިލް ވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖުމާދަލްއޫލާ 1440

5 ފެބްރުއަރީ 2019

ޑައުންލޯޑްކުރުމަށް ލިންކްތައް

އެޕްލިކޭޝަން ފޯމް

ސުލޫކީ މިންގަނޑު

ގަރާރު

ލިސްޓް ފޮނުވާ ފޯމެޓް