Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

06 ފެބުރުއަރީ 2019, 12:00 އިއުލާން

  ނަންބަރ: (A)DC-2019/038

އިޢުލާނު

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މިކޮމިޝަނުގެ ނަންބަރ (A)DC-2019-027 2019 ޖަނަވަރީ 29 ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން ދީފައިވާ މައުލޫމާތު ޝީޓަށް ބަދަލު ގެންނަން ބޭނުންވާތީވެ، އިޢުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 13:00 އަށް ވަނީ އިތުރުކުރެވިފައެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

G-003/2019/38

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ސަޕްލައިކުރުން

3,500/- ރުފިޔާ

 
  1. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %15 ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
  2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ  2019 ފެބުރުއަރީ 13 ވާ ބުދަ ދުވަހުގެ 13:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

01 ޖުމާދަލްއާޚިރާ 1440

06 ފެބްރުއަރީ 2019

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް