Election Commission of Maldives

ކިޔޫ ނަންބަރު ޗާޕްކޮށްދޭނެ ފަރާތެއް ހޯދުން

12th ފެބުރުއަރީ 2019, 12:00 އިއުލާން

 ނަންބަރ: (A)DC-2019/043

އިޢުލާނު             

ކިޔޫ ނަންބަރު ޗާޕްކޮށްދޭނެ ފަރާތެއް ހޯދުން

  1. އިލެކްޝަންސް ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް ކިޔޫ ނަންބަރުތައް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

W-010/2019/38

ކިޔޫ ނަންބަރު ޗާޕްކުރުން

 
  1. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 19 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ  2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

07 ޖުމާދަލްއާޚިރާ 1440

12 ފެބްރުއަރީ 2019 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް