Election Commission of Maldives

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ޢާންމުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

01 ޖުލައި 2018, 12:00 އިއުލާން

ނަންބަރު: (A) EA-2018/115

އިޢުލާން

ރިޔާސީ އިންތިޚާބު 2018

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ  ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ޢާންމުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިސަރުކާރުގެ ގެޒެޓުގައި، 10 ޖޫން 2018 ވީ އާދިއްތަ ދުވަހު ޝާއިޢުކުރެވުނު، ރިޔާސީ އިންތިޚާބު 2018 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް  ޢާންމުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 02 ޖުލައި 2018 އިން 12 ޖުލައި 2018 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 02:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ޝައްވާލް 1439

01 ޖުލައި 2018

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށައަޅާ ފޯމު

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް