Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

15 ޖުލައި 2018, 12:00 އިއުލާން

ނަންބަރު:​​​ (A)CA-2018/140

 

އިޢުލާން

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ޅ. ހިންނަވަރު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޯތު ކެމްޕަސްގެ 1 ވަނަ ކުލާސް ރޫމް

 

މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތީފަޅިން ކިޓީވޭކް އިން ފެށިގެންދެކުނަށް ބުސްތާނުގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގު ފަޅިން ފުޅޮއިން ފެށިގެން ދެކުނަށް ސަންގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އާހިންނަވަރުގެ ރޯޒް ހިމެނޭ 1 ނަންބަރު ބްލޮކް އިން ފެށިގެން ދެކުނަށް ރެސިން ހިމެނޭ 5 ނަންބަރު ބްލޮކްގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ޅ. ހިންނަވަރު-1

G01.01.1

1

ޅ. ހިންނަވަރު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޯތު ކެމްޕަސްގެ 2 ވަނަ ކުލާސް ރޫމް

 

މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން ސުވާސާގެ ހިމެނޭ ބްލޮކް އިން ފެށިގެން ދެކުނަށް ލައިފްސީ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ތަރުމޯޒުގެއިން ފެށިގެން ދެކުނަށް ހީރާގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ  ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ހިންނަވަރު-2

G01.01.2

2

 

ޅ. ހިންނަވަރު

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އޭ ގެ ކްލާސްރޫމް

 

 

  މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން މަންޒަރުގެއިން ފެށިގެން ދެކުނަށް ދިލްކަޝްގެ އުތުރުބައި ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ދުންތަރިން ފެށިގެން ދެކުނަށް ބިޖްލީގެ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ހިންނަވަރު-3

G01.01.3

3

ޅ. ހިންނަވަރު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ އިރުމަތީކޮޅު

މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުން އިރުމަތީފަޅިން މާތިލަ އިން ފެށިގެން ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ވިލެޖް އިން ފެށިގެން ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ޅ. ހިންނަވަރު-4

G01.01.4

4

ޅ. ހިންނަވަރު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ ހުޅަނގު ކޮޅު

 

މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު  ބޮޑުމަގުގެ ހުޅަނގު ފަޅިން ނޯތުވޭ އިން ފެށިގެން ދެކުނަށް ގޮސް ގުލްބަހާރުގެ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، އާހިންނަވަރުގެ މާޝަލް ހިމެނޭ 06 ނަންބަރު ބްލޮކް އިން ފެށިގެން ދެކުނަށް ފިނިރޯޅި ހިމެނޭ 14 ނަންބަރު ބްލޮކްގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނެވެ.

ޅ. ހިންނަވަރު-5

G01.01.5

5

ޅ. ނައިފަރު

ވިލާ ކޮލެޖް ނައިފަރު ކެމްޕަސް

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-1

G02.02.1

6

ޅ. ނައިފަރު

މަދްރަސަތުލް އިފްތިތާޙްގެ އުތުރު ގޭޓް

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް  ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-2

G02.02.2

7

ޅ. ނައިފަރު

މަލްޓި ޕާޕަސް ބިލްޑިންގ

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނަށް ޓިޔުލިޕް ހިނގުމުން ހުޅަނގަށް ފިނިއުމާގެއާ ހިސާބުން ހުޅަނގަށް އެކަތައާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ  ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ނައިފަރު-3

G02.02.3

8

ޅ. ނައިފަރު

އިޤްރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން އުތުރަށް   ޓިޔުލިޕް ހިނގުމުން ހުޅަނގަށް ކަނޑުފެންނަގެއާ ހިސާބަށް، ކަނޑުފެންނަގެއާ ހިސާބުން އިރަށް އުތުރުގެއާ ހިސާބުން ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކުސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ނައިފަރު-4

G02.02.4

9

ޅ. ނައިފަރު

ނޫރާނީ ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ  ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-5

G02.02.5

10

ޅ. އޮޅުވެލިފުށި

އޮޅުވެލިފުށީ ސްކޫލް ހޯލް

މި ފޮށްޓަށް ވޯޓުލާނީ އޮޅުވެލިފުށީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ޅ. އޮޅުވެލިފުށި-1

G03.04.1

11

ޅ. ކުރެންދޫ

ޅ. އަތޮޅު މަދަރުސާގެ އޭ ވީ ރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ ޅޮސްގަސްމަގުން އިރަށް، ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސަމްގޯޅިން އިރަށް ރަށްދެބައިމަގާއި ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާ ހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލަސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާ ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާ ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑި މަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ޅ. ކުރެންދޫ-1

G03.03.1

12

ޅ. ކުރެންދޫ

ހަބަޝީ ޕްރީސްކޫލް

މި ފޮއްޓަށް ވޯޓުލާނީ، ޅޮސްގަސްމަގުން އިރަށް ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސާމްގޯޅިން އިރަށް ރަށްދެބައިމަގާ ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލާސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާއި ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާއި ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑިމަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގެ ދެކުނުގައިވާ ގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ޅ. ކުރެންދޫ-2

G03.03.2

13

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

02 ޛުލްޤައިދާ 1439

15 ޖުލައި 2018