Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގައި އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

15 ޖުލައި 2018, 12:00 އިއުލާން

ނަންބަރު: (A)CA-2018/129

އިޢުލާން

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

އދ. ފެންފުށި

ފެންފުށި ސްކޫލް ބޮޑު ޢިމާރާތު ހޯލު

މި ފޮށްޓަށް ވޯޓުލާނީ ފެންފުށީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ފެންފުށި-1

I01.09.1

1

އދ. މާމިގިލި

ޒުވާނުންގެ މަރުކަޒުގެ ހޯލް

މި ފޮށްޓަށް ވޯޓުލާނީ މާމިގިލީ އަމީނީމަގުން ދެކުނަށް ގޮސް ފަރީދީ މަގުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އދ. މާމިގިލި-1

I01.10.1

2

އދ. މާމިގިލި

ޕްރީސްކޫލްގެ މެދު ކްލާސް ރޫމް

މި ފޮށްޓަށް ވޯޓުލާނީ މާމިގިލީ އަމީނީމަގުގެ އުތުރުން ބޮންތިޖެހިމަގުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައި ވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އދ. މާމިގިލި-2

I01.10.2

3

އދ. މާމިގިލި

އދ. އަތޮޅު މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ ބޮންތިޖެހިމަގުން އުތުރަށް ގޮސް އަމީނީމަގުން އިރަށް ގޮސް ފަރީދީ މަގުގެ ނިމޭ ސަރަޙައްދުގެ ހުޅަނގުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.   

އދ. މާމިގިލި-3

I01.10.3

4

އދ. ހަންޏާމީދޫ

ހަންޏާމީދޫ  ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ހަންޏާމީދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ހަންޏާމީދޫ-1

I02.01.1

5

އދ. ކުނބުރުދޫ

ކުނބުރުދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ކުނބުރުދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ކުނބުރުދޫ-1

I02.03.1

6

އދ. މަހިބަދޫ

އިޖުތިމާޢީ މަރުކަޒު ހުޅަނގު

މި ފޮށްޓަށް ވޯޓުލާނީ މަހިބަދޫ ރަށްދެބައިމަގުގެ (ހުރަސްމަގު) ހުޅަނގު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ  ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އދ. މަހިބަދޫ-1

I02.04.1

7

އދ. މަހިބަދޫ

އިޖުތިމާޢީ މަރުކަޒު އިރުމަތި

މި ފޮށްޓަށް ވޯޓުލާނީ މަހިބަދޫ ރަށްދެބައިމަގުގެ (ހުރަސްމަގު) އިރުމަތީ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކުސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އދ. މަހިބަދޫ-2

I02.04.2

8

އދ. އޮމަދޫ

އޮމަދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ އޮމަދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. އޮމަދޫ-1

I03.02.1

9

އދ. މަންދޫ

މަންދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ މަންދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. މަންދޫ-1

I03.05.1

10

އދ. ދަނގެތި

ޒުވާނުންގެ މަރުކަޒު (ކުރީގެ އިޖްތިމާޢީ މަރުކަޒު)

މި ފޮށްޓަށް ވޯޓުލާނީ ދަނގެތީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ދަނގެތި-1

I03.06.1

11

އދ. ދިގުރަށު

އިޖުތިމާޢީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ ދިގުރަށު ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ދިގުރަށް-1

I03.07.1

12

އދ. ދިއްދޫ

ދިއްދޫ ޔޫތު ސެންޓަރު

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. ދިއްދޫ-1

I03.08.1

13

 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.​
02 ޛުލްޤައިދާ 1439

15 ޖުލައި 2018