Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގައި ރާއްޖެއިންބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ޤައުމާއި ތަން

15 ޖުލައި 2018, 12:00 އިއުލާން

ނަންބަރު: (A)CA-2018/150

އިޢުލާން

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެއިންބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ޤައުމާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ޤައުމު/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

Consulate Of Maldives, Lavanya, TC No 16/3176, Kumarappuram-Pattom Road, Medical College PO. Thiruvananthapuram -11

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

އިންޑިއާ / ޓްރިވެންޑްރަމް - 1

W01.1.1

1

10th Floor, Maldives Embassy, Menara See Hoy Chan, Suite 07-01, 374 Jalan Tun Razak, Kuala Lumpur, 50400

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 1

W02.1.1

2

Embassy of Maldives,

No.25, Melbourne Avenue, Colombo 4, Sri Lanka.

މި ފޮށްޓަށް ވޯޓުލާނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 1

W03.1.1

3

Embassy of Maldives,

No.25, Melbourne Avenue, Colombo 4, Sri Lanka.

މި ފޮށްޓަށް ވޯޓުލާނީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، މި 18 އަތޮޅުންކުރެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 2

W03.1.2

4

Embassy of Maldives, 22, Nottingham Place, London W1U5NJ, United Kingdom.

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

 

އިންގިރޭސިވިލާތް / ލަންޑަން - 1

 

W04.1.1

5

ރިޔާސީ އިންތިޚާބު 2018ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޤައުމުތަކުގެ ތެރެއިން އެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނީ، ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 200 (ދުއިސައްތަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ޤައުމެއްގައި 200 (ދުއިސައްތަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.​

02 ޛުލްޤައިދާ 1439

15 ޖުލައި 2018