Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގައި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

15 ޖުލައި 2018, 12:00 އިއުލާން

ނަންބަރު: (A)CA-2018/152

އިޢުލާން

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

އެމް. އާރު. ޑީ. ސީ ސައިޓް

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި، މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ތިލަފުށި -1

V01.1.1

1

ގއ. ކޫއްޑޫ

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސްވެރިންގެ މެރީނާ

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫ ގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކޫއްޑޫ- 1

V02.1.1

2

ކ. ހުޅުލެ

 އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ހުޅުލެ-1

V03.1.1

3

ޅ. ފެލިވަރު

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެކުވެނި

 

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ފެލިވަރު-1

V04.1.1

4

އައްޑޫސިޓީ، ގަން

ޒުވާނުންގެ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ގަން-1

V05.1.1

5

ލ. ކައްދޫ،

އެއަރޕޯޓު ކުޅިވަރު ފެންޑާ

މި ފޮށްޓަށް ވޯޓުލާނީ ކައްދޫގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކައްދޫ-1

V06.1.1

6

 

ރިޔާސީ އިންތިޚާބު 2018ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ސިނާއީ މަސައްކަތްކުރާ ރަށެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.​

02 ޛުލްޤައިދާ 1439

15 ޖުލައި 2018