Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

16 ޖުލައި 2018, 12:00 އިއުލާން

     ނަންބަރު(IUL)38-DA/38/2018/1 :​

އިޢުލާން

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިންނަމަ، ރަށު އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓަށެވެ.  މާލޭގައިނަމަ އިންތިޚާބާބެހޭ މަރުކަޒުގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމަށްފަހު ފޯމު ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު /  ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

28 ޝައްވާލު 1439

12 ޖުލައި 2018

ރިޔާސީ އިންތިޚާބާބެހޭ ޝަކުވާ ހުށަހަޅާ ފޯމު: ރިޔާސީ އިންތިޚާބު 2018