Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފް އޮފިޝަލް އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

18 ޖުލައި 2018, 12:00 އިއުލާން

  ނަންބަރ: (A)DC-2018/118

އިޢުލާނު

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފް އޮފިޝަލް އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަން:

ޕްރޮޖެކްޓް ނަންބަރު:

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/G-009

ސްޓާފް އޮފިޝަލް އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައި ކުރުން

10,000/- ރުފިޔާ

 

ޕްރޮޖެކްޓްގައި ހިމެނޭ ތަކެތި:

1

5000

އޮފިޝަލުންގެ ތޮފި

3

218

ޓީޝާޓް (އަތްކުރު)

2

5000

އޮފިޝަލުންގެ ވެސްޓް

4

282

ޓީޝާޓް (އަތްދިގު)

 
  1. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %15 ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
  2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 ޖުލައި 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

05 ޛުލްޤައިދާ 1439

18 ޖުލައި 2018

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް