Election Commission of Maldives

މި ކޮމިޝަނުގެ ޢިއުލާނު ނަންބަރު A)CA-2018/150) އިޢުލާނުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރާއްޖެއިންބޭރު ޤައުމުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ޤައުމާއި ތަން މިދަންނަވަނީއެވެ.

19 ޖުލައި 2018, 12:00 އިއުލާން

ނަންބަރު: (A)CA-2018/162

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު  (A)CA-2018/150އިޢުލާނުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރާއްޖެއިންބޭރު ޤައުމުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ޤައުމާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ޤައުމު/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

Embassy of Maldives,
B-2,Anand Niketam,
New Delhi 110 021, India.

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

އިންޑިއާ / ނިއުދިއްލީ - 1

W01.1.2

1

Concorde Hotel, Studio 3,
100 Orchard Road,
Singapore 238840.

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

ސިންގަޕޫރު - 1

W05.1.1

2

ރިޔާސީ އިންތިޚާބު 2018ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޤައުމުތަކުގެ ތެރެއިން އެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނީ، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 200 (ދުއިސައްތަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ޤައުމެއްގައި 200 (ދުއިސައްތަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.​

06 ޛުލްޤައިދާ 1439

19 ޖުލައި 2018