Election Commission of Maldives

އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ފޯމް ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނައުން

30 ޖުލައި 2018, 12:00 އިއުލާން

ނަންބަރު:​(A) EA-2018/157

އިޢުލާން

ރިޔާސީ އިންތިޚާބު 2018

އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ފޯމް ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނައުން

23 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމަށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ފޯމް ބަލައިގަންނަ ވަގުތުތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް ބަދަލު ގެނެސްފީމެވެ.

30 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު :0005 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.30 އިން ހަވީރު 05:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ޛުލްޤައިދާ 1439

30 ޖުލައި 2018