Election Commission of Maldives

550 ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

31 ޖުލައި 2018, 12:00 އިއުލާން

  ނަންބަރ:(A)DC-2018/174

އިޢުލާނު

550 ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަން:

ޕްރޮޖެކްޓް ނަންބަރު:

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/G-010

550 ޓެބްލެޓް ސަޕްލައިކުރުން

30,000/- ރުފިޔާ

 
  1. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %15 ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
  2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 އޯގަސްޓް 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2018 އޯގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

18 ޛުލްޤައިދާ 1439

31 ޖުލައި 2018

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް