Election Commission of Maldives

ވަޒީފާގެ ފުރުޞަތު: އޮފިސަރ – ޖީ.އެސް 3 (ލީގަލް ސެކްޝަން)

02 އޮގަސްޓް 2018, 12:00 އިއުލާން

 ނަންބަރު: (A)AB-2018/186
އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ – ޖީ.އެސް 3 (ލީގަލް ސެކްޝަން)

ބޭނުންވާ ޢަދަދު:

02 (ދޭއް)

ސެކްޝަން:

ލީގަލް ސެކްޝަން

މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއް ހާސް ފައްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155/- (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

އިންތިޚާބުގެ މަސައްކަތަށް ޚާއްޞަ– ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އިންތިޚާބާއި ގުޅިގެން ކޮންޕްލެއިންޓްސް ބިއުރޯގެ އިދާރީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީސީއީ އޯޑިނަރީ ލެވެލް، އެސްއެސްސީ، ޖީސީއީ އެޑްވާންސްޑް ލެވެލް އަދި އެޗްއެސްސީގެ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް ނުވަތަ އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

އިންތިޚާބުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޯގަސްޓް  2018 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
  • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
  • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

10

އިންޓަރވިޔު

35

ޢަމަލީ ޓެސްޓު

15

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް
  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސް އަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

20 ޛުލްޤައިދާ 1439

02 އޯގަސްޓް 2018