Election Commission of Maldives

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

16 އޮގަސްޓް 2018, 12:00 އިއުލާން

  ނަންބަރ:(A)DC-2018/199

             އިޢުލާން                      

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

1. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (A)DC-2018/120 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ އިސްވެ ދެންނެވުނު އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކޮށް، މިޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/W-008

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

3,500/- ރުފިޔާ

 

2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ.  ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %15 ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.

3. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 އޯގަސްޓް 29 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށެވެ.

4. ބީލަން ހުޅުވުން އޮންނާނީ  2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

05 ޛުލްޙިއްޖާ 1439

16 އޯގަސްޓް  2018

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް