Election Commission of Maldives

ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓުފޮއްޓަށް ގެނެވުނު ބަދަލު

02 ސެޕްޓެމްބަރު 2018, 12:00 އިއުލާން

ނަންބަރު:(A)CA-2018/208

އިޢުލާން

 މި ކޮމިޝަނުގެ ނަންބަރު (A)CA-2018/149 (15 ޖުލައި 2018) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓުފޮއްޓަށް ގެނެވުނު ބަދަލު

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ، ހުޅުހެންވޭރު – 7 ވަނަ ފޮށްޓަށް ގިނަ ޢަދަދަކަށް މީހުން ރީ ރަޖިސްޓަރީ ވެފައިވާތީ، ތިރީގައި މިދަންނަވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.

  1. T01.1.7 (ހުޅުހެންވޭރު - 7)  ވަނަ ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، T01.1.8 (ހުޅުހެންވޭރު - 8) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން

މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުފޮށިތަކަށް ގެނެވުނު ބަދަލަށްފަހު އެ ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ހުޅުމާލެ،

ޣާޒީ ސްކޫލް،

ލެބޯޓްރީ

މި ފޮށްޓަށް ވޯޓުލާނީ މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގެ ދަފްތަރުގެ ރަޖިސްޓްރީގައިވާ މީހުންނާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ  ތެރެއިން މައްޗަންގޯޅިއަށް ނިސްބަތްވާ މީހުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުހެންވޭރު-7

T01.1.7

1

ހުޅުމާލެ، 

ޣާޒީ ސްކޫލް، ކޮމްޕައުންޑް އޭރިއާގެ ދެކުނު ފަރާތް

މި ފޮށްޓަށް ވޯޓުލާނީ T01.1.7 (ހުޅުހެންވޭރު – 7) ވަނަ ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ހުޅުމާލޭގައި ދިރިއުޅޭ މާލޭގެ ދަފްތަރު އަދި މައްޗަންގޯޅިއަށް ނިސްބަތްވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން ފިޔަވައި، ހުޅުމާލޭގައި ދިރިއުޅޭ، މާލޭގެ އެހެން އަވަށްތަކުގެ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުހެންވޭރު-8

T01.1.8

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

22 ޛުލްޙިއްޖާ 1439

 02 ސެޕްޓެމްބަރ 2018