Election Commission of Maldives

ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް

02 ސެޕްޓެމްބަރު 2018, 12:00 އިއުލާން

ނަންބަރު:(A)CA-2018/207

އިޢުލާން

 މި ކޮމިޝަނުގެ ނަންބަރު (A)CA-2018/148 (15 ޖުލައި 2018) އަދި (A)CA-2018/149 (15 ޖުލައި 2018) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 7 ވޯޓު ފޮށްޓަށް ތިރީގައި މިދަންނަވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.

  1. YT.0.4 (ހުޅުމާލެ އެހެނިހެން – 4)  ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.8 (ހުޅުމާލެ، އެހެނިހެން- 8) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  2. T13.1.4 (ވިލިމާލެ – 4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން T13.1.3 (ވިލިމާލެ - 3) ވަނަ ނަންބަރު  ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  3. YT.0.14 (ވިލިމާލެ އެހެނިހެން – 4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.12 (ވިލިމާލެ އެހެނިހެން - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  4. T06.1.5 (ގަލޮޅު ދެކުނު – 5) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން T11.1.2 (މާފަންނު މެދު - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  5. B05.0.1 (ހދ.އަތޮޅު މާލެ – 5) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން B04.0.1 (ހދ.އަތޮޅު މާލެ - 4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  6. I03.0.1 (އދ. އަތޮޅު މާލެ – 3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން I01.0.1 (އދ. އަތޮޅު މާލެ - 1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން
  7. O04.0.1 (ލ. އަތޮޅު މާލެ – 4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން O03.0.1 (ލ. އަތޮޅު މާލެ - 3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން

މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ބަދަލު ގެނެވުނު ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ހުޅުމާލެ، 

ރެހެންދި ސްކޫލް،

ހޯލުގެ އިރުމަތި

މި ފޮށްޓަށް ވޯޓުލާނީ YT.0.4 (ހުޅުމާލެ، އެހެނިހެން – 4) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (ހުޅުމާލޭގައި ދިރިއުޅޭ ކ، އއ، އދ މި 3 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ) މީހުންނާއި، ހުޅުމާލޭގައި ދިރިއުޅޭ ފުމައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން- 8  

YT.0.8

  1.  

ވިލިނގިލި، 

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް  ކޮމްޕައުންޑް އޭރިޔާ 

މި ފޮށްޓަށް ވޯޓުލާނީ ކުދި ލުނބޯމާގޯޅިއާއި ، ބުރެވިމާ ގޯޅިއާއި، ޝަމްސުއްދީން މަގުގެ ދެކުނުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، 4T13.1. (ވިލިމާލެ – 4) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނާއި މާލޭގެ ދަފްތަރުގެ ރަޖިސްޓަރީގައިވާ ވިލިމާލޭގައި ދިރިއުޅޭ) މީހުންނެވެ.

ވިލިމާލެ - 3

T13.1.3

2

ވިލިމާލެ،

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީސް،

1 ނަންބަރު ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ ރ، ބ، ޅ، ކ، އއ، އދ، ވ މި 7 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި،    YT.0.14 (ވިލިމާލެ  އެހެނިހެން – 4) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (ވިލިމާލޭގައި ދިރިއުޅޭ ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ) މީހުންނެވެ.

ވިލިމާލެ އެހެނިހެން - 2

YT.0.12

3

ހިރިޔާ ސްކޫލް، ކަނބާއައިސަރަނިހިނގުމުން 2 ނަންބަރު ގޭޓުން ވަދެގެންދާއިރު ހޯލުގެ މެދުގައި

މި ފޮށްޓަށް ވޯޓުލާނީ އިސްކަންދަރުމަގާއި ކޯރުކެނޑިމަގާއި ގުޅޭ ނުކުތާއިން، ކޯރުކެނޑިމަގުން އުތުރަށް، މުއިވެޔޮމަގުން ހުޅަނގަށް، ޖަންބުމަގުން އުތުރަށް، އަސަރީ ހިނގުމުން ހުޅަނގަށް، މިރިޔާސްމަގުން ދެކުނަށް، ޖަވާހިރުމަގުން ދެކުނަށް، އިސްކަންދަރުމަގުން އިރަށް ގޮސް، ކޯރުކެނޑިމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ) T06.1.5ގަލޮޅުދެކުނު – 5( ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (މާލޭގައި ދިރިއުޅޭ ވިލިމާލެއާއި ހުޅުމާލޭގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ) މީހުންނެވެ.

މާފަންނު މެދު - 2

T11.1.2

4

މާލެ،

އިސްކަންދަރު ސްކޫލް،ޗާންދަނީމަގު 1 ނަންބަރު ދޮރޯށިން ވަދެގެންދާއިރު އިރުމަތީފަރާތު C1 ނަންބަރު ކުލާސްރޫމް ތެރޭގައި

މިފޮށްޓަށް ވޯޓުލާނީ މާލޭގައިތިބި ހދ.ކުޅުދުއްފުށީ މަޤާމްމަގުގެ އިރުމަތީފަރާތުން ފެށިގެން ހުޅަނގަށް، އަމީނީމަގުން އުތުރަށް، މިސްކިތްމަގުން ހުޅަނގަށް، ތަރިޖެހިގޯޅިން ހުޅަނގަށް، ވެލަނބުލިގޯޅިން ހުޅަނގަށް، ހުޅަނގުގޯޅިން ހުޅަނގަށް، މާލިމީހިނގުމުން އުތުރަށް، ޖޫލިއެޓް ހިނގުމުން ހުޅަނގަށްގޮސްނިމޭ ހިސާބުން (މި މަގުތަކުގެ) އުތުރު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި، B05.0.1 (ހދ. އަތޮޅު، މާލެ – 5) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (މާލޭގައިތިބި ހދ.ކުޅުދުއްފުށީ މަޤާމްމަގުގެ އިރުމަތީފަރާތުން ފެށިގެން ހުޅަނގަށް، އަމީނީމަގުން އުތުރަށް، މިސްކިތްމަގުން ހުޅަނގަށް، ތަރިޖެހިގޯޅިން ހުޅަނގަށް، ވެލަނބުލިގޯޅިން ހުޅަނގަށް، ހުޅަނގުގޯޅިން ހުޅަނގަށް، މާލިމީހިނގުމުން އުތުރަށް، ޖޫލިއެޓް ހިނގުމުން ހުޅަނގަށްގޮސްނިމޭ ހިސާބުން (މި މަގުތަކުގެ) ދެކުނުސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ) މީހުންނެވެ.

ހދ.އަތޮޅު މާލެ - 4

B04.0.1

5

މާލެ،

ޖަމާލުއްދީން ސްކޫލް، ރަށްދެބައިމަގުން 1 ނަންބަރު ގޭޓުން ވަދެގެންދާއިރު ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އދ. ފެންފުށި،  އދ. މާމިގިލި، އދ. މަހިބަދޫ، އދ. ކުނބުރުދޫ، އދ. ހަންޏާމީދޫ، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި، I03.0.1 (އދ. އަތޮޅު، މާލެ – 3) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (މާލޭގައިތިބި އދ. ދިއްދޫ، މަންދޫ، ދިގުރަށް، ދަނގެތި، އޮމަދޫ މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ) މީހުންނެވެ.

އދ. އަތޮޅު މާލެ - 1

I01.0.1

6

ވިލާ ކޮލެޖު،

 ކްލާސްރޫމް 16

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ފޮނަދޫ، ލ. ގާދޫ، ލ. މާމެންދޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި، O04.0.1  (ލ. އަތޮޅު، މާލެ – 4) ވަނަ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ (މާލޭގައި ތިބި  ލ. ކުނަހަންދޫ، ލ. ހިތަދޫ، ލ. މާވަށް، މި 3 ރަށުގެރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ) މީހުންނެވެ.

ލ. އަތޮޅު މާލެ - 3

O03.0.1

7

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

22 ޛުލްޙިއްޖާ 1439

  02 ސެޕްޓެމްބަރ 2018