Election Commission of Maldives

ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތު - ރިޔާސީ އިންތިޚާބު 2018

09 ސެޕްޓެމްބަރު 2018, 12:00 އިއުލާން

ނަންބަރު:211​(A)CA-2018/

އިޢުލާން

ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތު - ރިޔާސީ އިންތިޚާބު 2018  

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު  12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް މި ދަންނަވާގޮތަށް ހަމަޖައްސައިފީމެވެ. ކޮންމެ ޤައުމެއްގައިވެސް ވަގުތު ބަޔާންކޮށްފައިވަނީ އެ ޤައުމެއްގެ ގަޑިންނެވެ.

ޤައުމު

ވޯޓުނެގުން

ވޯޓުލުން ފަށާނެ ގަޑި (އެޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް)

ވޯޓުލުން ނިންމާ ގަޑި (އެޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް)

އިންޑިއާ (ޓްރިވެންޑްރަމް)

08:30

16:30

ސްރީލަންކާ (ކޮލޮމްބޯ)

08:30

16:30

އިނގިރޭސިވިލާތް (ލަންޑަން)

09:30

17:30

މެލޭޝިއާ (ކުއަލަލަމްޕޫރު)

11:00

19:00

 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.​
29 ޛުލްޙިއްޖާ 1439​
9 ސެޕްޓެމްބަރ 2018