Election Commission of Maldives

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ

13th ސެޕްޓެމްބަރު 2018, 12:00 އިއުލާން

     ނަންބަރު(A)DA-2018/213 :

އިޢުލާނު

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ.

އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 02:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 02:30 ން ހަވީރު 05:30 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އަތޮޅު، ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯތަކުން، ކައުންސިލްގެ އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv  އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

03 މުޙައްރަމް 1440

13 ސެޕްޓެމްބަރ 2018