Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް

21 ސެޕްޓެމްބަރު 2018, 12:00 އިއުލާން

     ނަންބަރު: ​(A)DA-2018/217

އިޢުލާނު

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް

ޤާނޫނު ނަންބަރު 11/2008  )އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 18:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ޙަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ވީމާ، 23 ސެޕްޓެމްބަރު 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 22 ސެޕްޓެންބަރު 2018 ވާ ހޮނިހިރު ދުވަހުގެ ހަވީރު 18:00 ން ފެށިގެން 24 ސެޕްޓެންބަރު 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަޞީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

12 މުޙައްރަމް 1440

22 ސެޕްޓެންބަރ 2018