Election Commission of Maldives

ރިޔާސީ އިންތިޚާބު 2018ގައި ޅ. ހިންނަވަރު ގައި ބަހައްޓާ 3.G01.01 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލުވުމާއި ގުޅޭ

21 ސެޕްޓެމްބަރު 2018, 12:00 އިއުލާން

ނަންބަރު: A)CA-2018/215) 

އިޢުލާން

މި ކޮމިޝަންގެ ނަންބަރު  (A)CA-2018/140(15 ޖުލައި 2018) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

 2018 ސެޕްޓެމްބަރ 23 ވާ އަދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި  ޅ. ހިންނަވަރު ގައި ބަހައްޓާ 3G01.01. ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި، މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ޅ. ހިންނަވަރު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ މެދު

  މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން މަންޒަރުގެއިން ފެށިގެން ދެކުނަށް ދިލްކަޝްގެ އުތުރުބައި ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ދުންތަރިން ފެށިގެން ދެކުނަށް ބިޖްލީގެ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ހިންނަވަރު-3

G01.01.3

1

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

10 މުޙައްރަމް 1440

20 ސެޕްޓެމްބަރ 2018