Election Commission of Maldives

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހިނގަމުންދާ ޢިމާރާތް ބަދަލުވުމާއި ގުޅޭ

22 ސެޕްޓެމްބަރު 2018, 12:00 އިއުލާން

     ނަންބަރު:(A)DA-2018/219

އިޢުލާން

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހިނގަމުންދާ ޢިމާރާތް ބަދަލުވުން

މި ކޮމިޝަންގެ ނަންބަރު:(IUL)38-DA/38/2018/1 (12 ޖުލައި 2018) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި، އިންތިޚާބާބެހޭ މަރުކަޒުގައި ޤާއިމުކުރި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުން ފެށިގެން ހިނގަމުންދާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައެވެ.

ވީމާ، ރިޔާސީ އިންތިޚާބާ ގުޅިގެން މާލޭގައި ހުށަހަޅުއްވާ ޝަކުވާތައް މީގެފަހުން ހުށަހަޅުއްވާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައި މިހާރު ޤާއިމު ކޮށްފައިވާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.  އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

12 މުޙައްރަމް 1440

22 ސެޕްޓެމްބަރ 2018