Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

23 ސެޕްޓެމްބަރު 2018, 12:00 އިއުލާން

ނަންބަރު: A)CA-2018/221)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2018/166) (23 ޖުލައި 2018) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާނުގައި ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި 19:00 އަށް އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގޮސް ކިޔުގައި ތިބި ރައްޔިތުންގެ ޢަދަދު ގިނަވުމުންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ޕާޓިތަކުން ވަގުތު އިތުރުކޮށްދިނުމަށް މިކޮމިޝަނުގައި އެދެމުންދާތީއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

 13 މުޙައްރަމް 1440

 23 ސެޕްޓެމްބަރ 2018