Election Commission of Maldives

ވަޒީފާގެ ފުރުޞަތު:ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އޮފިސަރ (ޖީ.އެސް 3)، ސީނިއަރ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް އޮފިސަރ – އެމް.އެސް 1

07 ނޮވެމްބަރު 2018, 12:00 އިއުލާން
ނަންބަރު: (A)AB-2018/229
އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

02 (ދޭއް)

ސެކްޝަން:

ހިއުމަން ރިސޯސް  އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 4465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް.

ފެންވަރު ނުވަތަ ޝަރުތު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  2. އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  4. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • މުވައްޒަފުންގެ އެޓެންޑެންސް ޗެކްކުރުން
  • މުވައްޒަފުންގެ ސަލާން ބަލައިގަތުމާއި ކެޕްލަރ ސިސްޓަމަށް ސަލާމް އެންޓަރކުރުން.
  • ސެކްޝަންގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާބެހޭ މަޢުލޫމާތު ކެޕްލަރ ސިސްޓަމަށް އެންޓަރކޮށް އަޕްޑޭޓް ކުރުން.
  • މުވައްޒަފުންނަށް އަންގާ އެންގުންތައް އެންގުމާއި، އިންޒާރު ދިނުމާއި އެކަންކަމާބެހޭ އިދާރި ލިޔެކިޔުމުގެ ކަންތައް، ސެކްޝަން ހެޑް އަންގާ ގޮތެއްގެމަތިން ކުރުން.
  • ފިނޭންސް މިނިސްޓްރީގެ "ސެޕް" ޕްރޮގްރާމް މެދުވެރިކޮށް ކޮމިޝަނުގެ މުވައްޒަފުންނާބެހޭ މަޢުލޫމާތު އަޕްޑޭޓްކުރުން
  • ސެކްޝަނުން އޮފީހުގެ ވެބްސައިޓްގައި ހިމަނަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަމާބެހޭ އިދާރީ މަސައްކަތްކުރުން.
  • އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ފޯކަލް ޕޮއިންޓުން އައްޔަންކުރުމުގެ އިދާރީ މަސައްކަތްކުރުން.
  • އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އެދޭ ފޯމު އެންޓަރކޮށް، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ވޯޓު ފޮށިތަކަށް އޮފިޝަލުން ހަމަޖެއްސުން.
  • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓް ޤާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނަށް ފޮނުވުން.
  • އިންތިޚާބަށް ގެންނަ އޮފިޝަލުންގެ އުޖޫރަ ހަމަޖެއްސުމަށްޓަކައި  ބަޖެޓަށް ހާޟިރީ ރިޕޯޓް ފޮނުވުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް އޮފިސަރ – އެމް.އެސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް  އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 5610/- (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000/-  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާޞިލްކޯށްފައިވުން. ނުވަތަ،
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ޙާޞިލްކުރުމަށްފަހު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  4. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން  45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ސެކްޝަންގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.
  • ކުރިޔަށް އޮންނަ އަހަރަށް ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ރިކުއަޔަރމަންޓް ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  • މުވައްޒަފުންގެ އެޓެންޑެންސް ޗެކްކުރުން.
  • މުވައްޒަފުންގެ ސަލާން ބަލައިގަތުމާއި އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް ސަލާމް އެންޓަރކުރުން.
  • ސަލާމް، ހާޟިރީ ސްލިޕް އަދި ޑިއުޓީ ޓްރެވަލް ސިސްޓަމަށް އެންޓަރ ކުރުން.
  • މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާބެހޭ އިދާރީކަންކަން ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  • މުވައްޒަފުންނާބެހޭ މަޢުލޫމާތު އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް އެންޓަރކޮށް އަޕްޑޭޓް ކުރުން.
  • ފިނޭންސް މިނިސްޓްރީގެ "ސެޕް" ޕްރޮގްރާމް މެދުވެރިކޮށްކޮމިޝަނުގެ މުވައްޒަފުންނާބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް މުސާރަ ޝީޓް ހެދުން.
  • ޗުއްޓީއަށް އެދޭ މުވައްޒަފުންގެ  ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް އެ މަޢުލޫމާތު އެންޓަރކުރުން.
  • އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް އައި.އެސް ސެކްޝަން ނުވަތަ ޕްރޮކިޔުމަން ސެކްޝަނަށް ގުޅައިގެން ޙައްލުކުރުން.
  • ވަގުތީ އަދި ދާއިމީ މުވައްޒަފުންގެ މުސާރަ ރިޕޯޓު ކޮންމެ މަހަކު  ތައްޔާރުކޮށް ބަޖެޓަށް ފޮނުވުން.
  • ކޮމިޝަން މުވައްޒަފުންގެ ލީވެ ޕްލޭން ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލް ފޯމު ދިރާސާކޮށް ވަކި ވަކި މުވައްޒަފުންނަށް ތަމްރީނުދޭންޖެހޭ ދާއިރާތަކުގެ މަޢުލޫމާތު ތައްޔާރުކުރުން.
  • ދާއިމީ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރު ކުރުމާއި އެކަމާބެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  • ވަޒީފާގައި އުޅޭކަމުގެ ލިޔުމާއި ވަގުތީގޮތުން މަސައްކަތް ކުރިކަމުގެ ލިޔުން އެކަމަށް އެދޭ ފަރާތްތަކަށް  ދޫކުރުމާއި އެކަމާގުޅޭ އިދާރީ ކަންކަން ކޮށް ލިޔެކިޔުން ބެލެހެއްޓުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ސެކްޝަނުން އޮފީހުގެ ވެބްސައިޓްގައި ހިމަނަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަމާބެހޭ އިދާރީ މަސައްކަތްކުރުން.
  • އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ފޯކަލް ޕޮއިންޓުން އައްޔަންކުރުމުގެ އިދާރީ މަސައްކަތްކުރުން.
  • އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އެދޭ ފޯމު އެންޓަރކޮށް، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ވޯޓު ފޮށިތަކަށް އޮފިޝަލުން ހަމަޖެއްސުން.
  • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓް ޤާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނަށް ފޮނުވުން.
  • އިންތިޚާބަށް ގެންނަ އޮފިޝަލުންގެ އުޖޫރަ ހަމަޖެއްސުމަށްޓަކައި  ބަޖެޓަށް ހާޟިރީ ރިޕޯޓް ފޮނުވުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ޗުއްޓީ ނަގާނަމަ، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޗުއްޓީގައި ހުންނަ ދުވަސްވަރު އެ މަސައްކަތް ކުރުމާ ޙަވާލުވާ މުވައްޒަފަށް އޮޅުންފިލުވައިދިނުމާއި، މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުމާއި، ޕެންޑިންގައި ހުރި  މަސައްކަތް ލިޔެކިޔުމުން ޙަވާލުކުރުން.
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްޝަން/ޑިވިޜަން ހެޑް އަންގާ މަސައްކަތްތައް ކުރުން.
  • މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން ހާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްޝަން/ޑިވިޜަން ހެޑް އަންގާ މަސައްކަތްތައް ކުރުން.
 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީސީއީ އޯޑިނަރީ ލެވެލް، އެސްއެސްސީ، ޖީސީއީ އެޑްވާންސްޑް ލެވެލް އަދި އެޗްއެސްސީގެ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް ނުވަތަ އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
  • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
  • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމާއި ތަމްރީނު

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ޢަމަލީ ޓެސްޓު

10 މާކްސް

ޖުމްލަ

100 މާކްސް

 

ސީނިއަރ އޮފިސަރ (އެމް.އެސް.1) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

މާކްސް

100 މާކްސް

 

  ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

29 ޞަފަރު 1440

07 ނޮވެމްބަރ 2018