Election Commission of Maldives

ވަޒީފާގެ ފުރުޞަތު: ސީނިއަރ އޮފިސަރ (އެމް.އެސް 1)، މެނޭޖަރ - އެމް.އެސް 3

07 ނޮވެމްބަރު 2018, 12:00 އިއުލާން

ނަންބަރު: (A)AB-2018/230

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ (އެމް.އެސް 1)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 5610/- (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000/-  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުތު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ޙާޞިލްކުރުމަށްފަހު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން  45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކޮމިޝަނުން ނީލަން ކިޔަންޖެހޭތަކެތި، ނީލަން ކިޔުމުގެ މަސައްކަތްތައް ކުރުމާއި އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  • ކޮމިޝަނުން ނައްތާލަންޖެހޭތަކެތި ނައްތާލުމާބެހޭ މަސައްކަތްތައް އެކަން ކުރުމަށް އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ކުރުމާއި އެކަމާބެހޭ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުމާއި އެތަކެތި ހަރުމުދަލުގެ ރަޖިސްޓްރީން އުނިކޮށް އަޕްޑޭޓްކުރުން.
  • ކޮމިޝަނުން ދައުލަތުގެ އެހެން މުއައްސަސާތަކަށް ހަދިޔާކުރަން ނިންމަވާ ތަކެތި އެކަން ކުރުމަށް އޮންނަ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކުރުމާއި އެކަމާއިބެހޭ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުމާއި އެތަކެތި ހަރުމުދަލުގެ ރަޖިސްޓްރީން އުނިކޮށް އަޕްޑޭޓްކުރުން.
  • ކޮމިޝަނަށް އެހެން އިދާރާތަކުން ހަދިޔާކުރާ ތަކެތީގެ ލިޔެކިޔުން ބެލެހެއްޓުމާއި އެތަކެތި ހަރުމުދަލުގެ ރަޖިސްޓްރީއަށް ވައްދާ އަޕްޑޭޓްކުރުން.
  • ކޮމިޝަނުން އެހެން މުއައްސަސާތަކަށް އަނބުރާ ދައްކާގޮތަށް ދޫކުރާ ތަކެތީގެ ލިޔެކިޔުމާއި ރިކޯޑްސް ބެލެހެއްޓުން.
  • ކޮމިޝަންގެ ޑޯލޮކް މެއިންޓެއިންކޮށް ބެލެހެއްޓުން.

މަޤާމް:

މެނޭޖަރ -  އެމް.އެސް 3

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 7035.00 (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  4. އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  2. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  3. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކާ ގުޅިގެން ތަން ތައްޔާރު ކުރުވުން.
  • އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކުރަންޖެހޭ ދަތުރު ފަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ކޮމިޝަނުގެ ރަސްމީދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގަތުމާއި އެ ބުރިވަޑައިގަތުމުން އިސްތިޤްބާލު ކުރުމުގެ އިންތިޒާމު ހަމަޖައްސައި އެކަން މޮނިޓަ ކުރުވާ ބެލެހެއްޓެވުން.
  • އިލެކްޝަންސް ކޮމިޝަނަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް (ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން) ހޯދުމުގެ މަސައްކަތް ކުރުވުން.
  • ސެކްޝަންތަކުން ތަކެއްޗާއި ޚިދްމަތަށް އެދުމުން އެކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • މަރާމާތު ކުރަންޖެހޭ ތަކެއްޗާއި ތަންތަން މަރާމާތު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  •  ތަކެއްޗާއި ޚިދްމަތް ހޯދުމަށްވެވޭ އެއްބަސް ވުންތައް ކަޑައެޅިފައިވާއުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ނިންމުމާއި އެ އެއްބަސްވުންތަކާ ގުޅިގެން ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  •  ހޯދޭ ހަރުމުދަލުގެ ތެރެއިން އިންވެންޓްރީގައި ހިމަނަންޖެހޭފަދަ ހަރުމުދަލުގެ މައުލޫމާތު އިންވެންޓްރީގައި ހިމަނުވައި ޔކަމާބެހޭ މުވައްޒަފު ލައްވާ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކުލި އެގްރިމެންޓްތަކާއި، ތަންތަން ޢާންމުކޮށް ހިފުމާއި ގުޅޭގޮތުން ހެދިފައިވާ އެގްރިމަންޓްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅު އަޅައި ޚިދުމަތްތައް މެދު ނުކެނޑޭ ގޮތުގެމަތިން އިންތިޒާމު ހަމަޖައްސުމާއި އެގްރީމެންޓުގައިވާ މުއްދަތަށް ޚިދުމަތާއި ތަކެތި ނުލިބޭނަމަ، ފިޔަވަޅު އެޅުމާއި އެ މަޢުލޫމާތު އެކަމާގުޅުން ހުރި އެހެން ސެކްޝަންތަކަށް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން.
  • ތަނަށް ހޯދާ ޚިދުމަތްތައް (ފޯނު، ކަރަންޓް، އިންޓަރނެޓް، މީޑިއާ ނެޓް) ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފީތައް ބަރާބަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
  • މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން ހާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްޝަން/ޑިވިޜަން ހެޑް އަންގާ މަސައްކަތްތައް ކުރުން.
  • ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އެޕްރައިސަލް ފުރުމުގެ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީސީއީ އޯޑިނަރީ ލެވެލް، އެސްއެސްސީ، ޖީސީއީ އެޑްވާންސްޑް ލެވެލް އަދި އެޗްއެސްސީގެ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް ނުވަތަ އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން  15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • މިފަދަ މަސައްކަތުގެ ތަޖްރިބާ އާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
މެނޭޖަރ (އެމް.އެސް 3) ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

ޖުމްލަ

100 މާކްސް

ސީނިއަރ އޮފިސަރ (އެމް.އެސް.1) ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

ޖުމްލަ

100 މާކުސް

ޝޯޓްލިސްޓު ކުރެވޭގޮތް
  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސް އަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓްފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓްފިކެޓްތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

29 ޞަފަރު 1440

07 ނޮވެމްބަރ 2018