Election Commission of Maldives

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން 2019 މާރިޗު 4 ވަނަ ދުވަހު ބޭއްވުން

04 މާޗް 2019, 12:00 ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން  2019މާރިޗު 4 ވަނަ ދުވަހު ބޭއްވުން

2019 އޭޕްރީލް 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން، 2019 މާރިޗު 4 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން ކުރިއަށްދާނެ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ހއ، ހދ، ށ، ނ، 2019 މާޗް ހަތަރުވަނަ ދުވަހުގެ ރޭ 20:30 އިން 21:30 އަށް.
  2. ރ، ބ، ޅ، ކ، އއ، އދ، މާޗް ހަތަރުވަނަ ދުވަހުގެ ރޭ 21:45 އިން 22:45 އަށް.
  3. ވ، މ، ފ، ދ، ތ، ލ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 23:30 އިން 00:30 އަށް.
  4. މީގެ އިތުރުން 4 ވަނަ ދުވަހުގެ ރޭ (މިރޭ) ދަންވަރު 1:00 އިން 2:00 އިން ގއ، ގދ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ
  5. މާލެ ސިޓީ މާރޗް 4 ވަނަ ދުވަހުގެރޭ (މިރޭ) ދަންވަރު 2:30 އިން 3:30 އަށް ކުރިޔަށް ދާނެ

ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑީގެ 15 މިނެޓް ކުރިން އިންތިހާބާ ބެހޭ މަރުކަޒަށް ހާޒިރުވާން އިލެކްޝަންސް ކޮމިޝަނުން ވާނީ އަންގާފައެވެ. އަދި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތަނަމަ، ކެންޑިޑޭޓުންގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާނެ ފަރާތެއްގެ މަޢުލޫމާތު ހިމަނައި، ކެންޑިޑޭޓުގެ ސިޓީއެއް ހުށަހެޅުމަށްވެސް އެދިފައިވާނެއެވެ.

މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް 406 ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅުއްވާފައެވެ. އޭގެ ތެރެއިން 5 ކެންޑިޑޭޓުންގެ ފޯމް ވަނީ ބާތިލް ކުރެވިފައެވެ. އަދި 8 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.