?> Election Commission of Maldives

އާއްމު ސުވާލު

  1. ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހައި ދިނުމަށް އެހީތެރިވެދެވޭނީ ކޮންބަޔަކަށް؟

ޖ: އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހަކަށް​

2. ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަ ޖަހައި ދިނުމަށް އެހީތެރިވެ ނުދެވޭނެ ފަރާތްތަކަކީ ކޮބާ؟

ޖ:

  1. ވޯޓުލާ މަރުކަޒުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ ތެރެއިން މީހަކު،
  2. ކެންޑިޑޭޓެއް
  3. ކެންޑިޑޭޓެއްގެ މަންދޫބެއް
  4. އޮބްޒާވަރެއް
  5. މޮނިޓަރެއް

 

3. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަ ޖަހައި ދިނުމަށް އެކަކަށް އެހީތެރިވެދެވޭނީ ކިތައްފަހަރު؟

ޖ: 1 ފަހަރު

 

4. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ފަރާތްތަކަކަށް؟

   ޖ:

  1. ލޯ ފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން
  2. ދެއަތް ބޭނުން ނުކުރެވޭ މީހުން
  3. މުސްކުޅިވެ ގައި ބާރު ދެރަވުމުގެ ސަބަބުން އެމީހެއްގެ އަތުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން
  4. ބަލިހާލު ހުރި ގޮތުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން

 

5.ވޯޓު ދިނުމުގެ ހައްޤު ލިބިގެންވަނީ ކޮންބަޔަކަށް؟

ޖ: އެ އިންތިޚާބެއް އޮންނަ ތާރީޚަށް 18 އަހަރުފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް

 

6. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި  ކޮންމެހެން ހުންނަންޖެހޭ މަޢުލޫމާތުތަކަކީ ކޮބާ؟

ޖ: ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ޢުމުރު، ޖިންސު، އައިޑީކާޑް ނަންބަރު

7. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމަނާ މަޢޫލޫމާތުގެ މައިގަނޑު މަސްދަރު ބިނާވަނީ ކޮން އިދާރާއަކުން ގެންނަ މަޢުލޫމާތަކަށް؟

ޖ: ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން

 

8.ދިވެހިރާއްޖެ ބެހިފައިވަނީ ކިތައް އިދާރީ ދާއިރާއަށް؟

   ޖ: 21 އިދާރީ ދާއިރާ

9.ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ، އެ ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ސޮއިގެ އަދަދަކީ ކޮބާ؟

    ޖ: 50 

10.ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުންނަމަ ފުރަތަމަ ހަދަންޖެހޭ ގޮތަކީ ކޮބާ؟

ޖ: ޕާޓީގެ މެންބަރުކަމުން ވަކިވުމަށްއެދި އެ ޕާޓީއަކަށް ސިޓީއަކުން ހުށަހެޅުން