14 ސެޕްޓެންބަރު 2024 ޢާންމު މަޢުލޫމާތު

ހއ.މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ޝަކުވާ / މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

  ނަންބަރު (IUL)38-CB./38/202443

 

2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހއ.މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ. 

 

އިސްވެ ދެންނެވުނު އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މިގޮތުން ފޯމު އީމެއިލް ކުރައްވާނީ މި ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، [email protected] އަށެވެ. 

 

ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ. ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. އަދި  އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ. 

 

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނޭ ކަމުގައި ދެންނެވީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ރަސްމީ ނަތީޖާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/19 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ މ. ވޭވަށް ކައުންސިލްގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ދަ ޑިމޮކްރެޓްސް އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މަޢުލޫމާތު ޢާންމުކުރުން

ޢާންމު މަޢުލޫމާތު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމާ ގުޅޭ