ވޯޓުލާ މީހުންގެ ދުވަސް

2024 ވަނަ އަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ "ބާރަކީ ފާހަގަ ކުއިޒު"ގެ ގަވާއިދު

  ނަންބަރު -

 

މަޤްސަދު

މި ކުއިޒަކީ "ބާރަކީ ފާހަގަ ކުއިޒު" ގެ ނަމުގައި މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުއިޒް މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމެވެ. އެގޮތުން، އިންތިޚާބުތަކާއި އިންތިޚާބީ ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތާއި، ސިޔާސީ ޕާޓީތަކާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އެ މަޢުލޫމާތުތައް ރައްޔިތުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަކީވެސް މި ކުއިޒުގެ މަޤްސަދެކެވެ. މި ކުއިޒް މުބާރާތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

 

ކުއިޒް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ގޮތް

1. މި ކުއިޒް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2024 އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް،   10 (ދިހައެއް) ދުވަހުގެ މުއްދަތަށެވެ.

2. ކޮންމެ ދުވަހަކު، ތިން އިޚްތިޔާރީ ޖަވާބު ހިމެނޭ ފަސް ސުވާލު، ވަކި ލިންކެއް މެދުވެރިކޮށް ފޭސްބުކް ޕޭޖުގައި އާންމު ކުރެވޭނެއެވެ.

3. ޖަވާބު ދިނުމުގައި ދީފައިވާ އިޚްތިޔާރީ 3 ޖަވާބުގެ ތެރެއިން އެބޭފުޅަކަށް ފެންނަ ރަނގަޅު ޖަވާބު އިޚްތިޔާރު ކުރުމަށްފަހު، ސަބްމިޓު ކުރުމުން އެދުވަހެއްގެ ޖަވާބު ފޮނުވޭނެއެވެ.

4. ކޮންމެ ދުވަހެއްގެ ސުވާލު ފޭސްބުކްގައި އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ފެށިގެން 12:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި އެ ސުވާލުގެ ލިންކް ޖަވާބު ދިނުމަށް، ހުޅުވިފައި ހުންނާނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މިވަގުތުގެ ފަހުން ލިންކް ބަންދުވާނެއެވެ.

5. ޖަވާބު ސަބްމިޓު ކުރެވޭނީ ޖަވާބު ފޮނުވާފަރާތުގެ ފުރިހަމަ ނަމާއި، މޮބައިލް ނަންބަރު އަދި އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެއްސެވުމަށް ކަނޑައަޅާފައިވާ ބައި ފުރިހަމަ ކުރުމަށް ފަހުގައެވެ. އެއް ނަންބަރަކުން ތަކުރާރުކޮށް އެއްފަރާތަކުން ފޮނުވާނަމަ ޖަވާބުގެ ތެރެއިން ބަލައި ގަންނާނީ އެންމެ ފަހުން ފޮނުވާފައިވާ ޖަވާބެވެ.  

6. މި ކުއިޒްގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުންނާއި، މިފަރާތްތަކުގެ އަނބިން / ފިރިން / އަދި ދަރިންނަށް ބައިވެރިއެއް ނުވެވޭނެއެވެ.

7. ކުއިޒާ ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު www.elections.gov.mv އިން ލިބެން ހުންނާނެއެވެ.

8. މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ މި ކޮމިޝަނުންނެވެ.

ކުއިޒުގެ ވަނަތައް އަދި ވަނަ ހޮވާނެ ގޮތް:-

މި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގައި ބަލާނީ މުޅި ކުއިޒުގެ ޖުމްލަ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ދެއްވާ 3 ބައިވެރިންނަށެވެ. ބައިވެރިންގެ މެދުގައި މާކްސް އެއްވަރުވެއްޖެ ހާލަތެއްގައި، ވަނަ ކަނޑައަޅާނީ ގުރުއަތުލުމުގެ އުސޫލުންނެވެ. ކުއިޒުން ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތަކަކީ؛

  • 1 ވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ
  • 2 ވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ
  • 3 ވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

ކުއިޒުގެ ގަވާއިދު

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ދ. މީދޫ ކައުންސިލްގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ތ. ތިމަރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުމާގުޅޭ ޝަކުވާ ނިޒާމު ގާއިމުކުރުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ މ. ވޭވަށު ކައުންސިލްގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، ކަނޑައަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ތ. ތިމަރަފުށި ކައުންސިލްގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 2026 - ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 2026 - އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން