ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން

  ސުންގަޑި   ނަންބަރު (IUL)38-DC/38/2024/216

 

2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިއަދު ޢާންމުކޮށްފީމެވެ. އެހެންކަމުން މި ލިސްޓުގައިވާ މީހުން، ވޯޓު ލުމަށް ރަޖިސްޓަރީ ވެފައިވާތަން ބަދަލުކުރަން ބޭނުންވާނަމަ ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 މާރިޗު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

 

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައިރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ.މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެއެވެ.

 

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

 

ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.

 

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2024 މާރިޗު 18 ވާ ހޯމަ ދުވަހުގެހެނދުނު 09:30އިން ފެށިގެން 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު03:00 ގެ ނިޔަލަށެވެ. އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 01:30 އަށެވެ.

 

އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މިހާރުވެސް ރަޖިސްޓަރީވެފައިވާ ތަނަށެވެ.

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ހދ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ށ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ޅ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ހއ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

"ޕީޕަލްސް ނެޝަނަލް ފްރަންޓް" ރަޖިސްޓަރީކޮށްދިނުމާއި ގުޅޭ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ބ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - އއ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ކ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ރ. އަތޮޅުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ނ އަތޮޅުގެ ރަސްމީ ނަތީޖާ