Election Commission of Maldives

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އިންތިޚާބު 2019 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

01 ޖުލައި 2019, 12:00 އިއުލާން

  ނަންބަރު: (A)DA-2019/191

އިޢުލާން

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އިންތިޚާބު 2019 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

 

      2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 03:00 އަށް، ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ޝަކުވާތައް ބަލައިގަންނާނީ އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހުންނެވެ. ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

28 ޝައްވާލް 1440

01 ޖުލައި    2019