Election Commission of Maldives

2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ތަފްސީލް

23 ޖުލައި 2019, 11:00 އިއުލާން

ނަންބަރު:480/IUL/2019/7

 

އިޢުލާން

           2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުފޮށި ބަހައްޓާ ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

މާލެ ސިޓީ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.

މާލެ ސިޓީ-1

001

މާލެ ސިޓީ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި  ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ގދ، އައްޑޫ ސިޓީ (އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ 003 ނަންބަރު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތައް) އަދި މާލެ ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.

މާލެ ސިޓީ-2

002

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި   ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ 003 ނަންބަރު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ޤާނޫނީ ވަކީލުންނެވެ.

އައްޑޫ ސިޓީ-1

003

 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
20 ޛުލްޤަޢިދާ 1440

23 ޖުލައި 2019