Election Commission of Maldives

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 އަށް ކުރިމަތިލާފައިވާ ފަރާތެއްގެ ހުށަހެޅުން ބާޠިލު ކުރުން

25 ޖުލައި 2019, 10:00 އިއުލާން

ނަންބަރު 480/IUL/2019/14 :

 

އިޢުލާން

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 އަށް ކުރިމަތިލާފައިވާ ފަރާތެއްގެ ހުށަހެޅުން ބާޠިލު ކުރުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން، 2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ޖުޑީޝަލް ސަރވިސްގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، 2019 ޖުލައި 23 ވީ އަންގާރަ ދުވަހު، ޢަބްދުލްޙަންނާން އަޙްމަދު މިކައުންސިލަށް ހުށަހެޅި ނަންބަރު BCE1/2019/2 ފޯމުގައިވާ މަޢުލޫމާތާއި ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް މިކައުންސިލުން އިތުރަށް ބެލި ބެލުމުން، ޤާނޫނުއަސާސީގެ 161 ވަނަ މާއްދާގެ (ހ) އިން، ޢަބްދުލްޙަންނާން އަޙްމަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އިތުރުދައުރަކަށް ޢައްޔަންކުރުމަށް ހުރަސްއެޅޭތީ، މި އިންތިޚާބަށް ކުރިމަތިލުމަށް ޢަބްދުލްޙަންނާން އަޙްމަދު ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލު ކޮށްފައިވާކަމަށް މިކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 އަދި މިކަމާ ގުޅިގެން، މިއިންތިޚާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެކަންވެސް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

22 ޛުލްޤަޢިދާ 1440

25 ޖުލައި 2019