Election Commission of Maldives

ވޯޓު ކަރުދާސް ޗާޕުކުރިގޮތުގެ ތަފްޞީލު – ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019

26 ޖުލައި 2019, 11:54 އިއުލާން

ނަންބަރު: 480/IUL/2019/15

 

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރިގޮތުގެ ތަފްޞީލު – ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019

 

2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުނެގުމަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕުޚާނާއެއްކަމުގައިވާ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޗާޕުކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 1,502 (އެއްހާސް ފަސްސަތޭކަ ދޭއް) އެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޛުލްޤަޢިދާ 1440

26 ޖުލައި 2019