Election Commission of Maldives

1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

01 އޮގަސްޓް 2019, 03:00 އިއުލާން

ނަންބަރ: (A)DC-2019/216

އިޢުލާނު                    

1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

 

  1. 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (A)DC-2019/182 )07 ޖުލައި 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ އާއި އަންދާސީ ހިސާބަށް ކުރިމަތިލެވޭ ފަރާތްތަކަށް ބަދަލު އައިސްފައިވާތީ ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ބާޠިލްކޮށް،ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

W-006/2019/38

1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދިނުން

 

        2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން         އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

        3. ބީލަން ހުޅުވުން އޮންނާނީ  2019 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން       (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

29 ޛުލްޤައިދާ 1440

01 އޮގަސްޓް 2019