Election Commission of Maldives

ވަޒީފާގެ ފުރުޞަތު: އޮފިސަރ - ޖީ.އެސް 3 - އެޑްމިނިސްޓްރޭޝަން ސެކްޝަން (ކޮންޓްރެކްޓް)

03 ސެޕްޓެމްބަރު 2019, 12:00 އިއުލާން
A)AB-2019/228)

ނަންބަރު: A)AB-2019/228)    

 އިޢުލާނު                     

                              ވަޒީފާގެ ފުރުޞަތު                     

މަޤާމް:

އޮފިސަރ - ޖީ.އެސް 3 (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155/- (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (1 އަހަރު)

ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

 1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

 1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
 2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޓެކްނިކަލް ތަޖުރިބާ ލިބިފައިވާކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
 3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން     ވަކިވުން.
 4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
 

 

 

 

މަސްއޫލިއްޔަތު:

 • ދުވަހުން ދުވަހަށް ސްޓޮކް ބާކީ ބަލަހައްޓައި ސްޓޮކުން މަދުވާ ތަކެތި ދުރާލާ ހޯދުން.
 • ސްޓޮކުން ބޭރުކުރެވޭ ތަކެތީގެ މަޢުލޫމާތާއި އަނބުރާ ލިބެންޖެހޭ ތަކެތީގެ މަޢުލޫމާތު އަޕްޑޭޓުކޮށް ބެލެހެއްޓުން.
 • ސްޓޮކަށް ބޭނުންވާ ތަކެތި އެކަމަށް އެދޭ ފަރާތްތަކަށް ދޫކުރުމާއި އަނބުރާ ދައްކަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ލިބޭތޯ ބަލައި ހޯދުން އަދި ލޮގް ބެލެހެއްޓުން.
 • ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން އަހަރަކު 1 ފަހަރު ސްޓޮކް އޮޑިޓެއް ކުރުން.
 • ސްޓޮކްގައި ނީލަން ކިޔަން ހުރި ތަކެތި ފާހަގަކޮށް ސެކްޝަން ވެރިޔާ އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.
 • ސެކްޝަނުގެ ލިޔެކިޔުން ފައިލް ކުރުން.
 • ކޮމިޝަނަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީކުރުން.
 • އެންޓްރީ ކުރެވޭ ތަކެތި ޑިވިޜަން/ސެކްޝަންތަކާ ޙަވާލުކުރުން.
 • އެންޓްރީކުރެވޭ ލިޔުންތައް ސްކޭންކޮށް ޑޮކިއުމަންޓް މެނޭޖަރއަށް އަޕްލޯޑް ކުރުމަށްފަހު މެއިލްކުރަން ޖެހޭ އެންޓްރީތައް، ޑިވިޜަން/ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ވެރިން އަދި މެންބަރުންނަށް މެއިލްކުރުން.
 • ކޮމިޝަނުން ބޭރަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް އޮންނަ އުޞޫލުގެ ދަށުން ފޮނުވުން.
 • ކޮމިޝަނުން ބޭރަށް ފޮނުވޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
 • ޑިސްޕެޗް ކުރުމަށްދެވޭ ތަކެތީގެ ތެރެއިން ހަވާލުނުވެ އަނބުރާ އަންނަ ތަކެތި އެކަމާބެހޭ ސެކްޝަން/ޑިވިޜަނާއި ހަވާލުކުރުން.
 • ކޮމިޝަނަށް އެކިއެކި ކަންކަމުގައި އަންނަ ކޯލްތަކަށް ޖަވާބުދާރީވުމާއި، ކޯލްތަކާބެހޭ މަޢުލޫމާތު ލޮގްކޮށް ބެލެހެއްޓުން އަދި އެ މަޢުލޫމާތު ސެކްޝަން / ޑިވިޜަން ވެރިން އަދި ސެކްރެޓަރީ ޖެނެރަލަށް މެއިލްކުރުން.
 • ޑޮކިއުމަންޓް މެނޭޖަރ މެއިންޓެއިން ކުރުން.
 • އީ-ގަވަރންމަންޓް މެދުވެރިކޮށް ލިބޭ ލިޔެކިޔުން ފަދަތަކެތި ބަލައިގަނެ، ސެކްޝަން/ޑިވިޜަން ވެރިންގެ ލަފާގެ މަތިން ރޫޓް ކުރަންވީ ފަރާތްތަކަށް ރޫޓް ކުރުން.
 • ކޮމިޝަނުގެ "އިންފޯ" އީ-މެއިލް ގަޑިން ގަޑިއަށް ޗެކްކޮށް އަންނަ ލިޔެކިޔުން ފަދަތަކެތި އެންޓްރީކޮށް، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ރޫޓް ކުރަންވީ ފަރާތްތަކަށް ރޫޓް ކުރުން.
 

 

 

 

މަސްއޫލިއްޔަތު:

 • އީ-ގަވަރންމަންޓް މެދުވެރިކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
 • ވީކްލީ ރިވިޔޫއަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭމުވައްޒަފަށް ދިނުން.
 • ކޮމިޝަނުގައި ޢާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ހަރުމުދަލުގެ ސްޓޮކް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 • ސްޓޮކުން މަދުވާ ތަކެއްޗާގުޅިގެން ޒިންމާވާފަރާތުގެ ބަހެއް ހޯދަންޖެހޭ ޙާލަތުގައި ކަމާބެހޭ ސެކްޝަނުގައި އެދިގެން އެފަރާތުގެ ބަހެއްހޯދުން.
 • ސްޓޮކުން މަދުވާ ތަކެއްޗާބެހޭގޮތުން ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުއެޅުމާއި އެކަމާބެހޭ މަޢުލޫމާތު ރައްކަތެރިކަމާއި އެކު ބެލެހެއްޓުން.
 • ސްޓޮކުން މަދުވާ އެއްޗަކާބެހޭގޮތުން ކޮމިޝަނުން ގޮތެއް ނިންމަވައިފިނަމަ އެނިންމެވުމެއްގެ ލިޔުން ފައިލުކޮށް ބެލެހެއްޓުން.
 • ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 • ޗުއްޓީ ނަގާނަމަ، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޗުއްޓީގައި ހުންނަ ދުވަސްވަރު އެ މަސައްކަތް ކުރުމާ ޙަވާލުވާ މުވައްޒަފަށް އޮޅުންފިލުވައިދިނުމާއި،  މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުމާއި، ޕެންޑިންގައި ހުރި  މަސައްކަތް ލިޔެކިޔުމުން ޙަވާލުކުރުން.
 • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ޑިވިޜަން / ސެކްޝަން ވެރިޔާ އަންގާ މަސައްކަތްތައް ކުރުން.

ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ       (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
 • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
 • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
 1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:
 • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
 • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

ނޯޓު

 • އިންތިޚާބުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 • ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރ 12 ވާ ބުދަ ދުވަހުގެ  15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
 • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.
 • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
 • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

 

 

 

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކުސް

ތަޢުލީމާއި ތަމްރީނު

40 މާކްސް

މަސައްކަތު ތަޖުރިބާ (އާއްމު)

10 މާކްސް

އިންޓަރވިޔު

35 މާކްސް

ޢަމަލީ ޓެސްޓު

15 މާކްސް

ޖުމްލަ

100 މާކްސް

 

 

ޝޯޓްލިސްޓު ކުރެވޭގޮތް

 

 • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
 • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
 • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

03 މުޙައްރަމް 1441

02 ސެޕްޓެމްބަރ 2019