Election Commission of Maldives

ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުން

22 ސެޕްޓެމްބަރު 2019, 15:40 އިއުލާން

ނަންބަރ: (A)AD-2019/236

އިޢުލާނު

                          

ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުން

 

މިކޮމިޝަނުގައި ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުމަށް ބޭނުންވާތީވެ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި  ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް މިކޮމިޝަނުގެ ވެންޑަރ ރަޖިސްޓަރީގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ރަޖިސްޓަރީއަށް އަމަލުކުރަން ފަށާނީ 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ވީމާ، ވެންޑަރ ރަޖިސްޓަރީގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. އީ- މެއިލް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ހުށަހަޅުއްވާ ފަރާތްތަކުން އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މި އިޢުލާން ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv  ގައި ޝާއިއު ކުރެވިފައިވާނެއެވެ. ވެންޑަރ ރަޖިސްޓަރޭޝަނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެވުން އެދެމެވެ. ނުވަތަ 3004431,3004461 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

23 މުޙައްރަމް   1441

22 ސެޕްޓެމްބަރ 2019