Election Commission of Maldives

ޕޮއިންޓް ޓު ޕޮއިންޓް ފައިބަރ ކަނެކްޓްވިޓީ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

16 އޮކްޓޯބަރ 2019, 12:00 އިއުލާން
A)AD-2019/246)

  ނަންބަރ: (A)AD-2019/246

 

 

އިޢުލާނު

             

ޕޮއިންޓް ޓު ޕޮއިންޓް ފައިބަރ ކަނެކްޓްވިޓީ ހިދުމަތްދޭނެ ފަރާތެއް ހޯދުން

 

  1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ހިދުމަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

W-026/2019/38

ޕޮއިންޓް ޓު ޕޮއިންޓް ފައިބަރ ކަނެކްޓްވިޓީ ހިދުމަތް ހޯދުން

3,000/- ރުފިޔާ

 
  1. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން         އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2019 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ  2019 އޮކްޓޯބަރ 27 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން       (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

18 ޞަފަރު   1441 

16 އޮކްޓޯބަރ 2019