Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންނަތަކާއި މާލެ ސިޓީގެ ދަފްތަރުގައި ވާ ފަރާތްތަކުގެ ލިސްޓު އިސްލާޙު ކުރުމަށްފަހު ޢާންމުކުރުން

13th ޖެނުއަރީ 2020, 12:00 އިއުލާން

ނަންބަރު(A) CB-2020/11:

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންނަތަކާއި މާލެ ސިޓީގެ ދަފްތަރުގައި ވާ ފަރާތްތަކުގެ ލިސްޓު އިސްލާޙު ކުރުމަށްފަހު ޢާންމުކުރުން

 

މި ކޮމިޝަނުގެ ނަންބަރު (A)CB-2019/314 (31 ޑިސެމްބަރު 2019) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުން ޢާންމުކޮށްފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓު" ގެ  އައްޑޫ ސިޓީގެ ދެ އިންތިޚާބީ ދާއިރާގެ ނަން ތިރީގައި މި ދަންނަވާ ގޮތަށް އިސްލާޙުކޮށް ފީމެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި މާލެ ސިޓީގެ ދަފްތަރުގައިވާ ފަރާތްތައް އިންތިޚާބީ ދާއިރާތަކަށް ބެހިފައިވާގޮތުގެ އެނެކްސްއަށް އިސްލާޙެއް ގެނައުމަށްފަހު މި އިޢުލާނާއިއެކު ޢާންމުކޮށް ފީމެވެ.

 

އައްޑޫ ސިޓީ

އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައިވާ ގޮތް

 

ބަދަލު ކުރެވުނު ގޮތް

އައްޑޫ ސިޓީ 1 (ހިތަދޫ މޫލެކެޑެ(އޮޑައްސައު) ދާއިރާ)

އައްޑޫ ސިޓީ 1 (ހިތަދޫ މޫލެކެޑެ ދާއިރާ)

އައްޑޫ ސިޓީ 9 (ފޭދޫ މަގޫދޫ ދާއިރާ)

އައްޑޫ ސިޓީ 9 (ފޭދޫ މަގުއްދޫ ދާއިރާ)

 

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

 

http://www.elections.gov.mv/core/downloads/Final%20report%20dhaftharu%20list%20(iulaan%20no%2011).pdf

 

18 ޖުމާދަލްއޫލާ 1441

13 ޖަނަވަރީ  2020