Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 - ޝަކުވާ ހުށަހެޅުމާގުޅޭ

04 ފެބުރުއަރީ 2020, 12:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ޝަކުވާ ހުށަހެޅުމާގުޅޭ

 

2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދާއި، މި އިންތިޚާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" ންނެވެ.

 

ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމަށް ހަމަޖެހިފައި ތަންތަން

ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ

އިންތިޚާބާބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ، މާލެ

އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން

ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓު

އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމަށްފަހު

ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު /  ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ.

 

 

 ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު ބަލައިގަންނާނެ ގަޑިތައް

ރަސްމީ ދުވަސްތަކުގައި

08:30 ން 15:00 އަށް

ހުކުރު ދުވަހު

15:00 ން 17:00 އަށް

ރަސްމީ ބަންދު ދުވަސްތަކުގައި

09:00 ން 15:00 އަށް

ވޯޓު ނަގާ ދުވަހު (04 އެޕްރީލް 2020)

ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް

 

 

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުންނާއި (ޕޯޓްސް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީ މަގު) އިންތިޚާބާ ބެހޭ މަރުކަޒުގެ (ބައު ޖަމާލުއްދީން، ނިކަގަސްމަގު) ރިސެޕްޝަނުންނާއި، ފޯކަލް ޕޮއިންޓުންނާއި އަތޮޅު/ ސިޓީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކުންނާއި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

10 ޖުމާދަލްއާޚިރާ 1441

04 ފެބްރުވަރީ 2020

 

 

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު