Election Commission of Maldives

އޮފިސަރ (ޖީ.އެސް 3)

05 ފެބުރުއަރީ 2020, 12:00 އިއުލާން
ހިއުމަންރިސޯސް މެނޭޖްމަންޓް ސެކްޝަން

ނަންބަރު: (A)AB-2020/46

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ހިއުމަންރިސޯސް މެނޭޖްމަންޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00  (އެއްހާސް ފަސްސަތޭކަ)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 2009.25 (މުސާރައިގެ %45)

ވަޒީފާގެ ބާވަތް:  

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

 1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން މަދުވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، މިއަށް ވުރެއް މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

 1. އުމުރުން 18 އަހަރު ފުރި، 55 އަހަރު ނުފުރުން.
 2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
 3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
 4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
 5. ސިޔާސީ / ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
 6. މަޤާމުގެ މަސްޢޫލިއްޔަތު އަދާ ކުރުމުގެ ޤާބިލުކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްޢޫލިއްޔަތު:

ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް

 • މުވައްޒަފުންގެ ސަލާން ބަލައިގަތުމާއި އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް ސަލާމް އެންޓަރކުރުން.
 • ސަލާމާއި ޗުއްޓީގައި ތިބޭ މުވައްފުންގެ ހާޟިރީ ކޮންމެ ދުވަހެއްގެ 10:00 ގެ ކުރިން ކޮމިޝަނަރސް ބިއުރޯއަށް ފޮނުވުން.
 • ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތަކުގެ ޔައުމިއްޔާ ޓާސްކްމެނޭޖަރގައި އަޕްޑޭޓްކުރުން.
 • ސެކްޝަންގެ ލިޔެކިޔުންތައް ތަރުތީބުކޮށް، ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 • ޓާސްކް މެނޭޖަރ ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
 • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް އެއްކުރަމުން ގެންދިއުން.
 • ސެކްޝަނަށް ލިބޭ ސިޓީ މެމޯތަކަށް ޖަވާބުދިނުން.
 • ކޮމިޝަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުން ތައްޔާރުކޮށް މިކަމަށް އެދޭ މުވައްޒަފުންނަށް ދިނުން.

ވަޒީފާގެ މައިގަނޑު މަސައްކަތްތައް (ސްޓާފް ސެލެރީ)

 • ކޮމިޝަނުގެ މުވައްޒަފުންގެ މުސާރަ ތައްޔާރު ކުރުން.
 • ފިނޭންސް މިނިސްޓްރީގެ "ސެޕް" ޕްރޮގްރާމް މެދުވެރިކޮށް ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި ގުޅިގެން އަޕްޑޭޓްކުރަންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް، މުވައްޒަފުންގެ މުސާރަ ޝީޓްތައްޔާރުކޮށް ކޮންމެ މަހަކު ކަނޑައެޅިފައިވާ ދުވަހުގެ ކުރިން ބަޖެޓަށް ފޮނުވުން.
 • ކޮމިޝަންގެ މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކުރުން.
 • ސަލާމް، ހާޟިރީ ސްލިޕް އަދި ޑިއުޓީ ޓްރެވަލް ސިސްޓަމަށް އެންޓަރ ކުރުން.
 • ޗުއްޓީއަށް އެދޭ މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް އެ މަޢުލޫމާތު އެންޓަރކުރުން.

އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް

 • އިންތިޚާބަކަށް ނުވަތަ ބައި-އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަނުގެ ވެރިޔާ އަންގާ ގޮތެއްގެމަތިން ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
 • އިންތިޚާބަކަށް ނުވަތަ ބައި-އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަނުގެ ވެރިޔާ އަންގާ ގޮތެއްގެމަތިން ފޯކަލް ޕޮއިންޓުން އައްޔަންކުރުމުގެ އިދާރީ މަސައްކަތްކުރުން.
 • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އެދޭ ފޯމު އެންޓަރކޮށް، ސެކްޝަނުގެ ވެރިޔާ ލަފާގެ މަތިން ވޯޓު ފޮށިތަކަށް އޮފިޝަލުން ހަމަޖެއްސުން.
 • އިންތިޚާބުގެ މަސައްކަތުގައި ޚަރަކާތްތެރިވި އޮފިޝަލުން، ފޯކަލް ޕޮއިންޓްގެ ހާޟިރީ އަދި އިގުރާރުތައް ހަމަކޮށް އުޖޫރަ ދިނުމަށް ބަޖަޓް ސެކްޝަނަށް ފޮނުވުން.
 • އިންތިޚާބަށް އެކިއެކި މަސައްކަތަށް ނަގާ އޮފިޝަލުންގެ ފާސްތައް ޙަވާލުކުރުން.
 • ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓް ޤާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނަށް ފޮނުވުން.   

އެހެނިހެން މަސައްކަތްތައް

 • އެޗް.އާރް ސޮފްޓްވެއަރ ކެޕްލަރއަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް އައި.ސީ.ޓީ ސެކްޝަނަށް ގުޅައިގެން ޙައްލުކުރުން.
 • ކޮމިޝަނުގެ ކޮންމެ މުވައްޒަފަކަށް (ދާއިމީ، އިންތިޚާބަށް ހޮވާ މުވައްޒަފުން) މަޢުލޫމާތު ފައިލެއް ތައްޔާރުކޮށް މުވައްޒަފާއި ގުޅޭ އެންމެހައި ލިޔުންތައް ފައިލްކޮށް އަޕްޓޭޑްކޮށް ބެލެހެއްޓުން.
 • ސަލާމުގައި ހުންނަނަމަ ސެކްރެޓަރީ ޖެނެރަލަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ޑިވިޜަން ހެޑަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކްޓިން ޑިވިޜަން ހެޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 • ޗުއްޓީ ނަގާނަމަ، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޗުއްޓީގައި ހުންނަ ދުވަސްވަރު އެ މަސައްކަތް ކުރުމާ ޙަވާލުވާ ވެރިއަކަށް އޮޅުންފިލުވައިދިނުމާއި، މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުމާއި، ޕެންޑިންގައި ހުރި  މަސައްކަތް ލިޔެކިޔުމުން ހަވާލުކުރުން.
 • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
 • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
 • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 

މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

 • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
 • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.
 • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
 • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
 • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

                  ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

10

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

15

ޖުމުލަ

100

 

 

ޝޯޓްލިސްޓު ކުރެވޭގޮތް:

 • މިގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 

 

11 ޖުމާދަލްއާޚިރާ 1441

05 ފެބުރުވަރީ 2020