Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ

18 މާޗް 2020, 06:00 އިއުލާން

ނަންބަރު: (IUL)38-CA/38/2020/4

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ

 

މި ކޮމިޝަނުގެ ނަންބަރު   (IUL)38-CA/38/2020/2     (12 މާރިޗު 2020)      އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

2020 މާރިޗު 12 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، 2020 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، ޤާނޫނުގައި ބަޔާންކުރާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު އެ ތާރީޚުގައި ބޭއްވުމަކީ މުސްތަޙީލު ކަމަކަށްވާތީ، މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އިންތިޚާބުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.

 އަދި މިކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރުމަށްފަހު، ނިންމަންޖެހޭ ކަންކަން ނިންމައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބާއްވާނެ ތާރީޚެއް މި ކޮމިޝަނުން އަންގާނެ ކަމުގައި ދެންނެވީމެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

      23 ރަޖަބު 1441

      18 މާރިޗު 2020