Election Commission of Maldives

ކެންޑިޑޭޓަކު ނިޔާވުން

08 ޖުލައި 2020, 05:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު: (IUL)38-CA/38/2020/11

 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ކެންޑިޑޭޓަކު ނިޔާވުން

           ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ތިރީގައި މި ދަންނަވާ ކެންޑިޑޭޓް 2020 މެއި 01 ވީ ހުކުރު ދުވަހު ނިޔާވެފައިވާތީ، ހދ. ހަނިމާދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން މި ކެންޑިޑޭޓުގެ ނަން މިހާރުވަނީ އުނިކޮށްފައެވެ.

 

ކެންޑިޑޭޓް ނަންބަރު 14 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޙުސްނުބާން ޢަބްދުއްރަޙްމާން، ފިޔާތޮށިގެ / ހދ. ހަނިމާދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ފިޔާތޮށިގެ / ހދ. ހަނިމާދޫ

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

17 ޛުލްޤައިދާ 1441

08 ޖުލައި 2020