ނަންބަރު: (IUL)38-AA-2020/18
އިޢުލާނު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 24/2020 ދެންނެވުމުން، ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި 2020 އޯގަސްޓް 04 ވަނަ ދުވަހުން ފެށިގެން 2020 އޯގަސްޓް 06 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން ވެސް ރަސްމީކޮށް ނުހުޅުވާގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް، މި މުއްދަތުގައި ކޮމިޝަނުން ދެމުންގެންދާ ޢާންމު ޚިދުމަތްތައް ކޮމިޝަންގެ އީ-މެއިލް [email protected] އަދި އީ-ގަވަރމެންޓް (ޖެމްސް) މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
13 ޛުލްޙިއްޖާ 1441
03 އޯގަސްޓް 2020