Election Commission of Maldives

ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުން

29 ޖެނުއަރީ 2021, 03:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު: (IUL)38-CA/38/2021/29

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުން

 

ޤާނޫނު ނަންބަރު 2020/3 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލައި، 2020 ޖޫން 23 ގައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-AA/38/2020/5 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާގެންދިޔުމުގެ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނަންއަނބުރާ ގެންދިޔުމުގެ މުއްދަތު 2021 ފެބްރުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހަމަވާ ގޮތަށް މި ކޮމިޝަނުން ނިންމައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

16 ޖުމާދަލްއާޚިރާ 1442

29 ޖަނަވަރީ 2021